08 މާޗް 2024
ވެލެންސިއާގެ ކޮންޓްރޯލް އަލުން ހޯދަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކި ގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެންމެ ފަހުން އެ ކްލަބް ސަސްޕެންޑް ކޮށްފި އެވެ.
ވެލެންސިއާގެ ކޮންޓްރޯލް އަލުން ހޯދަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކި ގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެންމެ ފަހުން އެ ކްލަބް ސަސްޕެންޑް ކޮށްފި އެވެ.
އެފްއޭއެމުން އަލަށް އެކުލަވާލި ޑިސިޕްލިނަރީ ކޮމިޓީން އެންމެ ފުރަތަމަ ބެލި މައްސަލައަކީ ވެލެންސިއާގެ މައްސަލަ އެވެ. އެ ކްލަބްގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅީ، ބައްސާމްގެ ގާތް އެކުވެރިޔާ އަދި ވެލެންސިއާގެ ކުރީގެ ބޯޑް މެންބަރު ހުސައިން ވަހީދު (ދޮނާ) އެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ވެލެންސިއާގެ އިންތިހާބު އެފްއޭއެމް އަށް ކޯޑިނޭޓް ކުރެވޭނެ ގޮތަށް ބާއްވައި އާ ހިންގާ ކޮމިޓީއެއް އައްޔަން ކުރަން ދެން އެ ކްލަބް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
"އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑްގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް 61 ވަނަ މާއްދާ މި މައްސަލަ އަށް ތަތުބީގްކޮށް [ހަމަޖައްސައި] ކްލަބް ވެލެންސިއާގެ އޭޖީއެމް އަދި ހިންގާ ކޮމިޓީގެ އިންތިހާބު ކްލަބް ވެލެންސިއާގެ ހިންގާ ގަވާއިދާއި އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑާއި އެއްގޮއްވާ ގޮތުގެމަތިން ބާއްވައި އެފްއޭއެމް އަށް ވިލަރެސް ކުރެވޭހެން ވެލެންސިއާގެ ހިންގާ ކޮމިޓީ ސައްހަ ގޮތުގައި އަލުން އިންތިހާބުކޮށް ނިމެންދެން ކްލަބް ވެލެންސިއާ ފުޓްބޯޅައިގެ އެންމެހައި ކަންކަމުން ސަސްޕެންޑް ކޮށްފީމެވެ،" ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން އަލީ ޝާހް ސޮއި ކުރައްވައި ވެލެންސިއާ އަށް ފޮނުވި އެންގުމުގައި ވެއެވެ.
އެފްއޭއެމުން ޖެނަވަރީ 31 ގައި ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި، ބައްސާމްގެ ޓީމުގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި މުފާވިޒް ހާޝިމާ ދެކޮޅަށް ނުކުންނެވި އަހްމަދު ތޯރިގަށް، ވެލެންސިއާ ތާއީދު ކުރަން ނިންމި ހިސާބުން އެ ކްލަބްގެ ކޮންޓްރޯލް ނަގަން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައި ވެއެވެ.
ލިޔެކިޔުން ބަދަލުކޮށްގެންނާއި ކޯޓުގެ މަރުހަލާއިން ވެސް އެ މަސައްކަތް ހުސައިން ވަހީދު ކުރި އެވެ. ނަމަވެސް ކޯޓުން ވެސް އޭނާ އެދުނު ގޮތަކަށް މައްސަލަ ނިންމައެއް ނުދިނެވެ.
ވެލެންސިއާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ކްލަބް ސަސްޕެންޑް ކުރީ އަންނަ މަހު 20 ގައި ބާއްވަން އިއިލާން ކޮށްފައިވާ އިންތިހާބުގައި ވެލެންސިއާއިން އަލުން ވެސް ބައްސާމަށް ތާއީދު ނުކުރާނެކަން ހީވުމުން ކަމަށެވެ.
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
އެޕާޓްމަންޓް ހަވާލުކުރާ މުއްދަތު އިތުރުކުރަން އެދެފި