Roadha Mihaaru
މިދިޔަ އަހަރު 2،425 ކައިވެނި، 1،281 ވަރި

މިދިޔަ އަހަރު މާލޭގައި 2،425 ކައިވެނި، 1،281 ވަރި

23 ޖެނުއަރީ 2024

މާލެ ސަރަހައްދުގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި ވާއިރު ވަރީގެ އަދަދަކީ 1،281 ކަމަށް ހިސާބުތައްކުން ދައްކައިފި އެވެ.

މާލެ ސަރަހައްދުގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި ވާއިރު ވަރީގެ އަދަދަކީ 1،281 ކަމަށް ހިސާބުތައްކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދި މިދިޔަ އަހަރު އެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ.

ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި 163 ކައިވެނި ކޮށްދީފައިވެ އެވެ. އަދި ގެވެށިއަނިޔާއިން ރައްކާތެރި ކުރުމާއި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ އަމުރުތައް ހިމެނޭ ގޮތުން 167 އަމުރު ނެރުނެވެ.

ކޯޓުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން އާއިލީ މައްސަލަތަކާ ބެހޭ ބަޔަށް 270 މައްސަލަ ހުށަހެޅިއިރު، 107 މައްސަލައަށް ވަނީ ސުލްހަވެރި ހައްލެއް ހޯދައިދީފައިވެ އެވެ. އަދި އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 95.5 މިލިއަން ރުފިޔާ ސާބިތުކުރެވުނު ކަމަށް އެ ކޯޓުން ބުންޏެވެ. މީގެ ތެރެއިން، އެކި ގަޒިއްޔާތަކާ ގުޅޭ ގޮތުން ކޯޓު މެދުވެރިކޮށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ވަނީ ހޯދައިދީފަ އެވެ.

ކޯޓަށް 2،312 މައްސަލަ ހުށަހެޅުނުއިރު 2،236 މައްސަލަ މިދިޔަ އަހަރު އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ފެމިލީ ކޯޓުން ހާމަކޮށްފައިވަނީ އެ ކޯޓަށް ހުށަހަޅާ ވަރި ކައިވެންޏާއި އެހެނިހެން މައްސަލަތަކުގެ ތަފާސްހިސާބު އެކަންޏެވެ.