Roadha Mihaaru
ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން ދޫކޮށްލައިފި

ޖިންސީ ގޯނާގެ ދައުވާލިބޭ ފިލްމީތަރި ޔުނާން ބަންދުން ދޫކޮށްލައިފި

14 ޑިސެމްބަރ 2023

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލާގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޔުނާން ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން މިއަދު ނިންމީ ޝަރުތުތަކާ އެކު ކަމަށް އެނގިފައިވެ އެވެ.

އޭގެ ތެރޭގައި ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް، ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު ނިންމެވި އެ ނިންމުމުގައި ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

އެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރާއިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

އެ މައްސަލަ މިހާރު އޮތީ ހުޅުމާލޭ ކޯޓުގައި ނިމުމަކާ ގާތަށް ގޮސްފަ އެވެ.