Roadha Mihaaru
ޔާމީން މިނިވަންކުރާނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމެއްނެތި

މުއިއްޒުގެ ވެރިކަމުގައި ޔާމީން މިނިވަންކުރާނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމެއް ނެތި: އިދިކޮޅު

22 އޯގަސްޓް 2023

ޕީޕީއެމްގެ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނެތި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނެތި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން މިރޭ ބުނެފި އެވެ.

މުއިއްޒުގެ ކެމްޕެއިން ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ ސްޕޯކްސްޕާސަން މުހައްމަދު ތޮލާލް ވިދާޅުވީ ވ. އާރަށް މައްސަލާގައި މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި ޔާމީން މިނިވަން ކުރާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ޖުޑިޝަރީއަށް އަތް ނުބާނާ ވަރަށް ފަސޭހައިން މިކަން ކުރެވޭނެ. އަނެއްކޮޅުން ޑރ. މުއިއްޒުގެ ކޮންމެ ސްޕީޗެއްގައި ވެސް އެ ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކޮށްގެން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭނަމޭ." މުއިއްޒު ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޔާމީންގެ ވެރިކަމެކޭ އެއްފަދައިން މުއިއްޒުގެ ވެރިކަމެއްގައި ވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާ މިނިވަން ކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވެސް ޖުޑިޝަރީއަކަށް އަތެއް ނުބާނުއްވާނެ. ޑރ. މުއިއްޒު ވެސް ޖުޑިޝަރީއަކަށް އަތެއް ނުބާނުއްވާނެ." ތޮލާލް ވިދާޅުވި އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.

އެ ހުކުމް އޮތުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.