01 އޯގަސްޓް 2023
ހަގީގަތެއް ނެތް ވާހަކަތައް އޭނާއާ ގުޅޭ ގޮތުން ފެތުރިޔަސް އޮޅުވައެއް ނުލެވޭނެ ކަމަށާއި ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ނެރުނު ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތާއީދުކުރައްވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.
ހަގީގަތެއް ނެތް ވާހަކަތައް އޭނާއާ ގުޅޭ ގޮތުން ފެތުރިޔަސް އޮޅުވައެއް ނުލެވޭނެ ކަމަށާއި ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ނެރުނު ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތާއީދުކުރައްވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ، އަމްރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރަށް ތާއިދެއް ނެތްކަން ސާފުވުމުން ފިތުނަ އުފައްދަން ފަތުރާ ދެއުޅިއެއްނުވާ ދޮގު ވާހަކައަކުން ދިވެހި ރައްޔިތުންނަށް އޭނާއަކީ ކާކުކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ.
"އަޅުގަނޑާ ގުޅުވާފަ ވެސް ދޮގު ވާހަކަތައް ފަތުރާ މި ޕާޓީ ތެރޭގައި ފިތުނައުފައްދަން މަސައްކަތް ކުރާތީ ދަންނަވަން. ސަރުކާރުގެ ދޯހަޅި ސިޔާސަތާއި ދަރަންޏާ ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން. ދަ ޑިމޮކްރެޓްސްއަށް ދިވެހި ރައްޔިތުންކުރާ އިތުބާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ސާފު،" އަމްރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފުރިހަމަ ތާއީދު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް އެބައޮތް. އަދި މިހާރު ވެސް މިދަނީ ކެމްޕޭން ރޭވުމާ ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި ފުރިހަމަައަށް ބައިވެރިވަމުން."
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި އަމްރު ވޯޓު ދެއްވަނީ. - ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ ފުރިހަމައަށް ގަބޫލުކުރާ އަސާސްތައް ނެގެހެއްޓުމަށާއި ދިވެހިންނަށް ފުދުންތެރި އުއްމީދީ މުސްތަގުބަލެއް ހޯދައިދޭނެ ޕާޓީއަކީ ޑިމޮކްރެޓްސްކަން ގަބޫލުކުރައްވާ ކަމަށެވެ. އެ ޕާޓީ އުފެއްދުމާއި ކުރިއެރުވުމުގައި ދެމިހުރެވުމަކީ އުފަލެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް ތާއީދު ނެތުމުން ދައްކާ ދެއުޅިއެއްނުވާ ދޮގު ވާހަކަތަކުން ދިވެހި ރައްޔިތުންނަށް އަޅުގަނޑަކީ ކާކުކަން އޮޅުވައެއް ނުލެވޭނެކަން ވެސް ދަންނަވަން،" އަމްރު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނަވައި، ސަރުކާރާ ދެކޮޅަށް ނުކުންނެވި އަމްރުއަކީ، އެމްޑީޕީން 2018 އަށް ކަނޑައެޅި މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ. އޭނާ އެސްޓީއޯގެ އެމްޑީކަމަށް އައްޔަންކުރީ މި ސަރުކާރު އުފެދުމާ އެކުގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އޭގެ ފަހުން ވެސް އަމްރު އުޅުއްވީ ނަޝީދު ހިންގެވި "ފިކުރެއްގެ ދިރުން" ހަރަކާތްތަކުގަ އެވެ.
އޭނާ މަގާމުން ވަކިކުރީ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ހިސާބުން ހާއްސަކޮށް އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމަށް ފަހު، ވާދަވެރި ޕާޓީތަކާ އެކު ބޭއްވި ސިޔާސީ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގެންފައި ވަނިކޮށެވެ.
ޑިމޮކްރެޓްސް އެދެނީ 25 ގައި ނިޒާމީ ވޯޓު ނަގަން
ތިން މަހުގެ ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު
އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސަން ނިންމައިފި
މަޝްވަރާގެ ތަފްސީލް ހަސަން ނުދެއްވާތީ ހިތްހަމަނުޖެހިއްޖެ
މައްސަލަތަކުގެ ވާހަކަ ދައްކަވަން އަމްރު ބޭނުމެއް ނޫން!
ނަތީޖާ ގަބޫލުކުރުމާ މެދު ސުވާލު އުފެދިފައި!
ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވުނު
ޑިމޮކްރެޓްސްގެ އިންތިހާބުގެ ކުރީގައި ހަސަން ލަތީފު
އެމްޑީޕީ އަށް ނާކާމިޔާބުވީ ލީޑަޝިޕެއް ނެތުމުން: އަމްރު
ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ވާދަކުރައްވަނީ