06 ޖުލައި 2023
އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިނެ ފެށިގެން ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ޕެޓީ ކޭޝް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް މުއާމަލާތެއް ހިންގައިފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ވިދާޅުވެއްޖެ އެވެ.
އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިނެ ފެށިގެން ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ޕެޓީ ކޭޝް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް މުއާމަލާތެއް ހިންގައިފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ޖަމާ ކުރި ނަމަވެސް އޭނާގެ އެކައުންޓަކަށް މުސާރަ ފިޔަވައި، އެ ކުންފުނީގެ އެކައުންޓަކުން އިތުރު އެއްވެސް ފައިސާއެއް ޖަމާވެފައި ނުހުންނާނެ ކަމަށެވެ.
އެ ކުންފުނީގެ އެއްވެސް އެކައުންޓަކުން އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ފައިސާ ވަދެފައި ހުރެދާނެތޯ "މިހާރު" އިން އެހުމުން ޔާސިރު ވިދާޅުވީ ފައިނޭންސް ޑިޕާޓްމެންޓުގެ ތިން މުވައްޒަފެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ފޮނުވާ ކަމަށެވެ. އެއީ ޕެޓީ ކޭޝްގެ ފައިސާ ކަމަށާއި އެކަން އެހެން ކުރަނީ ޕެޓީ ކޭޝް ގެންގުޅުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކަލަވާލި އުސޫލެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާރުޑީސީއާ ގުޅޭ ގޮތުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ހުށަހެޅި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެކަން ފުލުހުން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުން އެ ކުންފުނީގެ އެކައުންޓްތަކުން މުވައްޒަފުންގެ އަމިއްލަ ބައެއް އެކައުންޓުތަކަށް 13 މިލިއަނެއްހާ ރުފިޔާ ވަނީ ޖަމާވެފަ އެވެ.
އޭނާ ވިދާޅުވީ، ޕެޓީ ކޭޝް ރީއެމްބާސްމެންޓުގެ ގޮތުގައި އެވްރެޖުކޮށް މަހެއްގެ މައްޗަށް އެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ހަތަރު ލައްކަ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ޖަމާ ކުރާ ކަމަށެވެ.
"ބޭންކުގެ ޕޮލިސީތައް ބަދަލުވީމަ ކޭޝް ކޮށް އެހާ ބޮޑެތި އަދަދުތަކެއް ޑިސްޓްރިބިއުޓެއް ނުކުރެވޭ. ކުރީގައި އެކަން ކުރަނީ ހަމަ ކޭޝްކޮށް. އެހެން ނަމަވެސް ފަހުން ބޭންކުން އުސޫލުތައް ބަދަލު ކުރުމުން ފައިނޭންސްގެ ކުއްޖެއްގެ އެކައުންޓަށް އެ ޑިސްޓްރިބިއުޓް ކުރަން ލަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެހާ ބޮޑު އަދަދެއް ޖަމާ ކުރަން ޖެހެނީ އެ ކުންފުނީގެ 25 ސައިޓާއި ޕްރޮޖެކްޓްތަކުގެ ކަންކަމަށް ވަގުތުން ވަގުތަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އަދި ވިދާޅުވީ، އެ މުއާމަލާތްތަކުގެ ހުރިހާ ލިޔެ ކިޔުންތަކެއް ހުންނާނެ ކަމަށާއި، އުސޫލުން ބޭރުން އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
ޔާސިރު ވިދާޅުވީ، އާރުޑީސީގެ ދަށުން 200 އެއްހާ ބިދޭސީން މަސައްކަތް ކުރާ އިރު އެ މީހުންގެ ރެގިއުލަރައިޒޭޝަން މަސައްކަތްތަކާއި އިމިގްރޭޝަން ޕްރޮސެސް ނުވާތީ، ބައެއް ފަހަރު ބިދޭސީ މުވައްޒަފުންގެ މުސާރަ ވެސް ފައިނޭންސް މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރާ ކަމަށެވެ.
"އެކައުންޓު ނުހުޅެވި އުޅޭ ބިދޭސީންގެ މުސާރަ ދިނުމަށް ވެސް ފައިނޭންސް ކޮންމެވެސް މުވައްޒަފެއްގެ އެކައުންޓަށް އެ އަދަދު ލައިފައި ކޭޝް ހޭންޑް އޯވާ ކޮށްފައި އެ ޝީޓް ލޮގްކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޕެޓީ ކޭޝް: ވައްކަމަށް އާ ނަމެއް؟
އެފްއޭއެމްގެ ހިޔާނާތް:އަމިން ކޮންސްޓްރަކްޝަނަށް ތުހުމަތު
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
އާ މެނޭޖުމެންޓުން ވާހަކަ ދެއްކީ އޮޅުވާލަން: މޫކޭ
ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް މޫކޭ އެދިއްޖެ
ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމައިފި
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
އާރުޑީސީ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވަނީ
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން