05 ޖުލައި 2023
ލަންޑަން (ޖުލައި 4) - ހޯމަ ދުވަހު ލަންޑަނުގައި ފެށި ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތަކުން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ދެ ކުޅުންތެރިން ކަމަށްވާ ކާލޯސް އަލްކަރާޒް އާއި ނޮވާކް ޖޮކޮވިޗް މޮޅުވެއްޖެ އެވެ.
ލަންޑަން (ޖުލައި 4) - ހޯމަ ދުވަހު ލަންޑަނުގައި ފެށި ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތަކުން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ދެ ކުޅުންތެރިން ކަމަށްވާ ކާލޯސް އަލްކަރާޒް އާއި ނޮވާކް ޖޮކޮވިޗް މޮޅުވެއްޖެ އެވެ.
ސްޕެއިނަށް ނިސްބަތްވާ އަލްކަރާޒް، 20، އަކީ މިހާރު ފިރިހެން ސިންގަލްސްގައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އެވެެ. އެންމެ ފަހުގެ ޔޫއެސް އޯޕަން ކާމިޔާބު ކުރި އަލްކަރާޒް ވަނީ ފުރަތަމަ ބުރުގައި އިއްޔެ ފްރާންސްގެ ޖެރެމީ ޗާޑީއާ ވާދަކޮށް 0-6، 0-6، 2-6 އަދި 5-7 އިން މޮޅުވެފަ އެވެ.
އަލްކަރާޒް އަތުން ބަލިވި މެޗާ އެކު 36 އަހަރުގެ ޗާޑީ ވަނީ ސިންގަލްސް ބައިން ރިޓަޔާކޮށްފަ އެވެ. މެޗު އަލްކަރާޒް ކާމިޔާބުކުރީ މޮޅަށް ކުޅެ ދެ ގަޑިއިރު ވެސް ނުވަނީހެވެ. މުޅި މެޗުގައި އަލްކަރާޒް އަށް ގެއްލުނީ ހަތް ގޭމް އެވެ.
ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އަލްކަރާޒް ވަނީ މިއަހަރުގެ ފްރެންޗް އޯޕަންގެ ސެމީ ފައިނަލުގައި ވާދަކޮށް ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. ވިމްބެލްޑަންގެ ތާރީހުގައި އަލްކަރާޒް އަށް އެންމެ ދުރަށް ދެވުނީ މިދިޔަ އަހަރު ގަދަ 16 އާ ހަމައަށެވެ.
ފަސޭހަ މޮޅަށް ފަހު އަލްކަރާޒް ބުނީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތަސް އޭނާ އަކީ މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަލްކަރާޒް ބުނީ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ 21 އަހަރުގެ ކުޅުންތެރިޔާ ޔަނިކް ސިނާ އާއި ހަ ވަނައިގައި އޮތް ޑެންމާކުގެ 20 އަހަރުގެ ކުޅުންތެރިޔާ ހޮލްގާ ރޫނޭ އަކީ ވެސް މޮޅެތި ކުޅުންތެރިން ކަމަށެވެ.
"އަހަރެންނަށް ގަބޫލެއް ނުކުރެވޭ މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިއަކީ އަހަރެން ކަމަކަށް. ސިނާ ވެސް ރޫނޭ އަކީ ވެސް މޮޅެތި ކުޅުންތެރިން. އެ ކުޅުންތެރިން ކުޅެނީ އެންމެ މަތީ ފަންތީގައި. އަހަރެންގެ އުމުރުގައި މޮޅެތި ބައިވަރު ކުޅުންތެރިން އެބަތިބި" ފުރަތަމަ މޮޅަށް ފަހު އަލްކަރާޒް ބުންޏެވެ.
ފުރަތަމަ ބުރުގައި ޖޮކޮވިޗް މޮޅުވި މެޗުގެ ތެރެއިން. ވިއްސާރައިގެ ސަބަބުން މެޗު ކުރިއަށް ގެންދަން އުނދަގޫވި
މުބާރާތުގެ ފުރަތަމަ ދުވަހު ސާބިއާގެ ޖޮކޮވިޗް، 36، މޮޅުވީ އާޖެންޓީނާގެ ޕެޑްރޯ ސަޗިން އަތުންނެވެ. އެ މެޗު ޖޮކޮވިޗް ކާމިޔާބުކުރީ 3-6، 3-6، 6-7 އަދި 4-7 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓަށް ފަހު މޫސުން ގޯސްވުމުގެ ސަބަބުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އަލުން ކުޅެން ފެށިފަހުން ވެސް މޫސުން ގޯސްވުމުގެ ސަބަބުން މެޗު ކުރިއަށް ގެންދަން އުނދަގޫވި އެވެ. ވިމްބެލްޑަންގެ ފުރަތަމަ ދެ ދުވަހުގެ ބައެއް މެޗުތައް ވިއްސާރައިގެ ސަބަބުން ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.
ދެ ވަނަ ބުރުގައި އަލްކަރާޒް ވާދަކުރާ މެޗު އޮންނާނީ މާދަމާ އެވެ. އަލްކަރާޒްއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއެއް އަދި ކަށަވަރެއްނުވެ އެވެ. ޖޮކޮވިޗް ދެ ވަނަ ބުރުގައި މިއަދު ވާދަކުރާނީ ޖޯޑަން ތޮމްޕްސަންއާ އެވެ. އޮސްޓްރޭލިއާ އަށް އުފަން ތޮމްޕްސަން އޮތީ ދުނިޔޭގެ ރޭންކިންގެ 71 ވަނައިގަ އެވެ.
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން
ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބެލްޑަން ކާމިޔާބުކޮށްފި
ވިމްބެލްޑަން ފައިނަލުގައި ޖޮކޮވިޗާ ދެކޮޅަށް އަލްކަރާޒް
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް
ޔުކްރޭނުގެ ސްވިޓަލީނާ ދުނިޔޭގެއެއްވަނަ ބަލިކޮށް ސެމީއަށް
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
ވިމްބެލްޑަނުން ރަޝިއާ ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ
ވިމްބެލްޑަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ދިފާއު ކޮށްފި
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް
ނަޑާލްގެ ބަނޑަށް އަނިޔާވެ މުބާރާތުން ވަކިވެއްޖެ