27 ޖޫން 2023
އީދަށް ހާއްސަކޮށް ލެކިއުޓްއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އީދަށް ހާއްސަކޮށް ލެކިއުޓްއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޕްރޮމޯޝަނުގެ ދަށުން ކަނޑައެޅިފައިވާ ވަކި ސެންޓުފުޅިތަކުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ލެކިއުޓްގައި ވިއްކާ މަޝްހޫރު މޭކަޕް ބްރޭންޑް "ފްލޯމާ" ބްރޭންޑުގެ ހުރިހާ އައިޓަމަކުން 25 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި "ފްލޯމާ" ބްރޭންޑުގެ ހާއްސަ އައިޓަމްތަކަކުން 40 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ލެކިއުޓްއިން ދޭ އީދު ހަދިޔާ. -- ފޮޓޯ: ލެކިއުޓް
މި ޕްރޮމޯޝަނުގައި ލެކިއުޓްއިން ކަސްޓަމަރުންނަށް އީދު ހަދިޔާ ވެސް ދެ އެވެ. އެގޮތުން 2500ރ. އިން މަތީގެ ވިޔަފާރިތަކަށް ހިލޭ "ފްލޯމާ" ބްރޭންޑުގެ މޭކަޕް އައިޓަމްތަކާއި ބޮޑީ ކިއުޕިޑް ސެންޓުފުޅިއެއް ލިބޭނެ އެވެ. އަދި 3000ރ. އިން މަތީގެ ވިޔަފާރިތަކަށް ހިލޭ "ފްލޯމާ" ބްރޭންޑުގެ އައިޓަމްތަކާއި ގިފްޓު ބޭގެއް ލިބޭނެ އެވެ.
ޑިސްކައުންޓު ލިބޭ "ފްލޯމާ"ގެ އައިޓަމްތައް. -- ފޮޓޯ: ލެކިއުޓް
މި ޕްރޮމޯޝަނުގައި އީދު ހަދިޔާއެއްގެ ގޮތުގައި 4000ރ. އިން މަތީގެ ވިޔަފާރިތަކަށް ހިލޭ "ފްލޯމާ" މޭކަޕް ކިޓެއް އަދި 5000ރ. އިން މަތީގެ ވިޔަފާރިތަކަށް ހިލޭ "ވަސާޗޭ" ޕާފިއުމް ޓްރެވަލް ކިޓެއް ލިބޭނެ އެވެ. ޕްރޮމޯޝަނުގެ އިތުރުން އީދަށް ހާއްސަކޮށް ލެކިއުޓްއިން ވަނީ ގިނަ އަދަދެއްގެ ސެންޓު ގެނެސްފައެވެ.
ހުކުރު ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.
ލެކިއުޓްއިން ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ލެކިއުޓްގެ ވެބްސައިޓުންނާއި މަޖީދީ މަގުގައި ހުންނަ ލެކިއުޓްގެ ފިހާރައިން ވިޔަފާރިކުރެވޭނެ އެވެ.
ލެކިއުޓްގެ "އީދު ހުވަނދު ޕްރޮމޯޝަން"
ލެކިއުޓަށް ފްލޯމާގެ އާ ޕްރޮޑަކްޓުތަކެއް
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
ލެކިއުޓުން މުޅި ރާއްޖެ އަށް ޑެލިވަރީގެ ހިދުމަތް ދެނީ
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ލެކިއުޓްގެ "ސަޕްރައިޒް އަވާ"، ޑިސްކައުންޓާ އެކު
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ބައިފާ އަޔުރްވެދާ:ލެކިއުޓްގެ އެންމެ ފަހުގެ ޕްރޮޑަކްޓް
ލެކިއުޓުން ބެލްރޯއި ބްރޭންޑް ވިއްކަން ފަށައިފި
ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް