12 ޖޫން 2023
ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް ހުއްޓުވި ތަފްސީލް ހަތް ދުވަހުގެ ތެރޭގައި ދިނުމަށާއި އެކަން ނުކޮށްފި ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާނެ ކަން ވިލާ އިން އަންގައިފި އެވެ.
ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް ހުއްޓުވި ތަފްސީލް ހަތް ދުވަހުގެ ތެރޭގައި ދިނުމަށާއި އެކަން ނުކޮށްފި ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާނެ ކަން ވިލާ އިން އަންގައިފި އެވެ.
ކުރިން ވާވެއްދިފަޅުގެ ގޮތުގައި އޮތް ތަނުގެ ނަން ވިލާ އިން ބޭނުންކުރަމުން އަންނަނީ ވާރެއްދޫ ފަރުގެ ގޮތުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ތަން ވިއްކާލުމުގެ މުއާމަލާތަށް ފަރާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން ހުޅުވާލީ ވެސް ވާރެއްދޫ ފަރުގެ ނަމުގަ އެވެ.
އެ މުއާމަލާތް ހުއްޓުވީ ވިލާގެ ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށެވެ. ކުންފުންޏަށް ބޮޑު ގެއްލުމެއްވާ ގޮތަށް ވިޔަފާރީގެ މި މުއާމަލާތް ހުއްޓުވުމަކީ އޭސީސީ އަށް ލިބޭ ބާރެއް ނޫން ކަމަށާއި ގާނޫނާ ޚިލާފު އެ އެންގުމަށް ޓޫރިޒަމުން ތަބާވާން ވެސް ނުޖެހޭނެ ކަަމަށް ވަކީލުން ވިދާޅުވި އެވެ.
ވާވެއްދިފަޅު.
ވިލާގެ ވަކީލުން ވިދާޅުވީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތް ފުރިހަމަ ނުވެއްޖެ ނަމަ ވިލާ އަށް 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަން އޭސީސީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް އެނގޭނެ ކަމަށެވެ. އެ މުއާމަލާތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ކޮށްފި ނަމަ އެ ގެއްލުމަކަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި ވަކާލާތުކުރާ ޝުނާނާ އެންޑް ކޯ އެލްއެލްޕީން އޭސީސީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެދުނީ އަމިއްލަ ފަރާތަކުން އެދިގެން އެ މުއާމަލާތް ހުއްޓުވި ސަބަބު ސާފުކޮށްދިނުމަށެވެ. މީގެ ކުރިން އެދިގެން ވެސް ތަފްސީލު ދީފައި ނުވާއިރު، އެ މުއާމާލާތް ހުއްޓުވި ސަބަބު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ސާފުކޮށްދޭން އެދިފައިވެ އެވެ.
ވާވެއްދިފަޅާ ގުޅޭ ގޮތުން ވިލާއަށް ލިބިފައިވާ ލީސްހޯލްޑް ރައިޓްސް ވިއްކާލަން ހުޅުވާލާފައި ވަނިކޮށް އޭސީސީން ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިގެން ހުއްޓުވީ މިދިޔަ މޭ މަހުގެ ފަހުކޮޅެވެ.
އޭސީސީން އެންގީ ވާވެއްދިފަޅާ ގުޅިގެން ބައެއް ކަންކަން ބަލަމުންދާ ކަމަށާއި ކަންކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު، ވަކި ގޮތެއް އަންގަންދެން އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށެވެ. ވާވެއްދިފަޅު ދޫކުރީ ވިލާ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ "އެމެންޑެޑެ އެންޑް ރީ ސްޓޭޓެޑް ލީސް އެގްރީމެންޓް"ގެ ދަށުންނެވެ.
ވިލާގެ ވަކީލުން ވިދާޅުވީ އޭސީސީން އެ މުއާމަލާތް ހުއްޓުވާފައި ވަނީ ކޮމިޝަނަށް ލިބޭ ގާނޫނީ ބާރުތަކުގެ ބޭރުން ކަމަށް ވާތީ ގާނޫނާ ޚިލާފު އެ އިޖުރާއަތަށް ޓޫރިޒަމް މިނިސްޓްރީން ބޯލަނބަން ނުޖެހޭނެ ކަމަށެވެ. އެކަން އޭސީސީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް ހަނދާންކޮށްދީ، ވިލާ އިން ވަނީ ތަކުރާރުކޮށް ސިޓީ ވެސް ފޮނުވައިފަ އެވެ.
ލޯފާމުން ބުނި ގޮތުގައި ފަރާ ގުޅޭ ގޮތުން ކްލެއިމެއް އޮތް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އޭސީސީން ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިގެން އެ މުއާމަލާތް ހުއްޓުވީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގެ އެވެ.
ވަކީލުން ފާހަގަކުރި ގޮތުގައި އޭސީސީގެ ގާނޫނުން ލިބިދީފައި ވަނީ ހިޔާނާތުގެ އަމަލުތަކުގެ ގޮތުގައި ތުހުމަތުވާ ކަންކަން ތަހުގީގު ކުރުމާއި އެ ތަހުގީގުތައް ފުރިހަމަކުރަން މަގުފަހިކޮށްދޭ ކަންކަން ކުރުމެވެ. ދައުލަތުގެ އިދާރާއަކާއި ކުންފުންޏަކާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ލިބިފައިވާ ގާނޫނީ ހައްގަށް ހުރަސްއެޅޭ ގޮތަށް އެންގުންތައް އެންގުމުގެ ބާރު ލިބިގެން ނުވާ ކަމަށް ވަކީލުން ދެކެ އެވެ.
އެކަން ނެކްސްބިޒް މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ގަޒިއްޔާ އިން ސާފުވާން އޮންނާނެ ކަމަށް ވިލާގެ ވަކީލުން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.
އޭސީސީން މި މުއާމަލާތް ހުއްޓުވި ސަބަބެއް ތަހުގީގު ކުރިއަށްދާތީ ނުބުންޏެވެ.
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވައިފި
ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ވިލާއަށް ދިން ރަށްތަކުގެ ހުކުމް ތަންފީޒުކުރަން ފަށައިފި
އޭސީސީން ވެސް ނިންމީ ގާސިމާ އެއްކޮޅަށް
ވިލާ އަތުން 1.6 ބިލިއަން ހޯދަން އަންގައިފި
ވިލާއަށް ބޮޑެތި ލުއިތައް ދިނީ ގާނޫނާ ޚިލާފަށް:އޭސީސީ
ވިލާއަށް ރަށްތައް ދިން މައްސަލަ އޭސީސީން ތަހުގީގުކުރަނީ
އޭސީސީން އެދުނު ހުރިހާ ލިޔުމެއް ހިއްސާކޮށްފިން: ހީނާ