04 ޖޫން 2023
ސިންގަޕޫރު (ޖޫން 4) - ޗައިނާ އާއި އެމެރިކާގެ މެދުގައި ހަމަނުޖެހުން އުފެދި ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ ދުނިޔެ އަށް ފޫނުބެދޭ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރު (ޖޫން 4) - ޗައިނާ އާއި އެމެރިކާގެ މެދުގައި ހަމަނުޖެހުން އުފެދި ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ ދުނިޔެ އަށް ފޫނުބެދޭ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ކުރިއަށް ގެންދާ އޭޝިއާގެ ޓޮޕް ސެކިއުރިޓީ ސަމިޓްގައި ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ، ޗައިނާ އާއި އެމެރިކާ އެކުގައި ކުރިއަރައި ދިއުމަށް ދުނިޔެ ބޭނުންވާ ކަމަށެވެ. އެހެންވެ، އެކި ކަންކަމުގައި އެމެރިކާ އާއި ޗައިނާ މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ޗައިނާ އާއި އެމެރިކާ އަޅާކިޔާއިރު ދެ ގައުމުގައި އޮންނަ ނިޒާމު ތަފާތު. އެހެން ބައެއް ކަންކަން ވެސް އެތައް ގޮތަކުން ތަފާތު. މި ތަފާތުތައް ހުރި ކަމުގައި ވިޔަސް މި ކަމުގެ ސަބަބުން ދެ ފަރާތުގެ ގުޅުން ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް އަދި ކަންކަމުގައި މަސްލަހަތު ހޯދުމަށް ދެފަރާތުގެ ކިބައިގައި ދުރުކަން ބާއްވއިގެން ނުވާނެ،" މިދިޔަ މާޗް މަހު ޗައިނާގެ ދިފާއި ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ލީ ވިދާޅުވި އެވެ.
"ޗައިނާ އާއި އެމެރިކާއާ ދެމެދު ބޮޑު ހަމަނުޖެހުމެއް ނުވަތަ ކުރިމަތިލުމެއް ހިނގައިފި ނަމަ އެކަމަކީ ދުނިޔެ އަށް ކެތް ނުކުރެވޭ ފަދަ މުސީބާތަކަށް ވެގެންދާނެ ކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.
ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގައި ސަރަހައްދީ މައްސަލަތަކާއި ޗިޕް އެކްސްޕޯޓް ކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން ވޮޝިންޓަންގެ ސަރުކާރާއި ބެއިޖިންގެ ސަރުކާރާ ދެމެދު ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ.
އިއްޔެ އެމެރިކާގެ އަސްކަރިއްޔާއިން ތުހުމަތު ކުރީ ޓައިވާން ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ އެމެރިކާގެ އުޅަނދައް ޗައިނާގެ ކަނޑުގެ ސިފައިންގެ ނުރައްކާ އޮތްކަން ދެއްކުމަށް މަސައްކަތް ކުރި ކަމަށެވެ. އެ މައްސަލައިގައި ޗައިނާއިން ތުހުމަތު ކުރަނީ އެ ސަރަހައްދުގައި ހަމަނުޖެހުމަށް ފަހިވާ ގޮތަށް ސުލްހަ ވެރިކަން ނަގާލިުމަށް އެމެރިކާއިން ހިތްވަރުދޭ ކަމަށެވެ.
ޗައިނާގެ ހެކަރެއް ހައްޔަރުކުރަން 10 މިލިއަން ޑޮލަރު
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން