Roadha Mihaaru
ފުވައްމުލަކު އެކްސިޑެންޓް:2 މީހުން ފަރުވާއަށް މާލެއަށް

ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާ އަށް މާލެ އަށް

28 މެއި 2023

ޏ. ފުވައްމުލަކުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޏ. ފުވައްމުލަކުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 18 އަދި 19 އަހަރުގެ ދެ ޒުވާނުންނަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އެ އެކްސިޑެންޓުގައި ދެ ސައިކަލް ވެސް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެ، އެ ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވި އެވެ.

"ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައި ހުރީ. ދެ މީހުންގެ ވެސް. ހޮސްޕިޓަލަށް ގެނައިއިރު ވެސް އަނގައިންނާއި ނޭފަތުން ލޭ އާދޭ. އިތުރު ފަރުވާ އަށް މިއަދު މާލެ ގެންގޮސް އައިޖީއެމްއެޗްގައި މިހާރު ތިބީ،" ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނިގޮތުގައި، އެ ދެމީހުންގެ ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮވެ އެވެ. ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ދަނީ އިިތުރުވަމުންނެވެ. ސިނަމާޅެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު ވަނީ މަރުވެފަ އެވެ.