02 ފެބުރުއަރީ 2023
އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރަކު އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް އަލުން ލިބިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރަކު އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް އަލުން ލިބިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީން ދަމަހައްޓަމުން ދަނިކޮށް 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ގެއްލުނީ އެ ކައުންސިލްގެ ހަ ގޮނޑިއެއް ޕީޕީއެމާއި އަމިއްލަ ކެންޑިޑޭޓުން ކާމިޔާބު ކުރުމުންނެވެ.
މޭޔަރު ހިމެނޭ ގޮތަށް 13 މެމްބަރުން ތިއްބަވާ އެ ކައުންސިލްގައި އެމްޑީޕީ އަށް އޭރު ލިބުނީ މޭޔަރު އަލީ ނިޒާރު ހިމެނޭ ގޮތަށް ހަތް ގޮނޑި އެވެ. އެކަމަކު އާންމު އުސޫލުން ކައުންސިލްގައި މޭޔަރަށް ވޯޓު ނުދެވޭނެތީ މިހާތަނަށް އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތެއް އެމްޑީޕީއަކަށް ނެތެވެ.
އެކަމަކު އެ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުވި ފޭދޫ މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެމްޑީޕީގެ މެމްބަރުންގެ އަދަދު އިތުރުވެ، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބުނީ އެވެ.
ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު މިއަދު މާލޭގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.
ކައުންސިލް އިންތިޚާބުގައި އައްޑޫގެ އިތުރުން މާލޭ ސިޓީގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އެއްކޮށް ގެއްލުނެވެ. އެ ކައުންސިލްގެ އަޣުލަބިއްޔަތު އަދިވެސް އޮތީ ޕީޕީއެމަށެވެ. ސިޓީ ކައުންސިލްތަކުގެ ތެރެއިން އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބުނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގަ އެވެ.
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
އައްޑޫގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލިއްޖެ
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ:އިދިކޮޅު
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އާ އިންތިހާބަކަށް އިއުލާން ކުރީ ކޯޓު އަމުރާ ހިލާފަށް
ކައުންސިލް އިންތިހާބު އެޕްރީލް 8 ގައި
އިންތިހާބުގެ ތާރީހު އިއުލާން ނުކުރާތީ ކަންބޮޑުވެއްޖެ
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ