19 ޖެނުއަރީ 2017
ފަނި ކައިފައި ހުންނަ ދަތުގައި ފުޓުނި ނޭޅިޔަސް ދަތުގެ ސްޓެމް ސެލްތަކުން އަމިއްލަ ޒާތުގައި ދަތް މަރާމާތުވާނެ ގޮތެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ފަނި ކައިފައި ހުންނަ ދަތުގައި ފުޓުނި ނޭޅިޔަސް ދަތުގެ ސްޓެމް ސެލްތަކުން އަމިއްލަ ޒާތުގައި ދަތް މަރާމާތުވާނެ ގޮތެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ސައިންސްވެރިން މިހެން ބުނެފައި ވަނީ މީދާ ބޭނުންކޮށްގެން ލެބޯޓަރީގައި ކުރި ތަހުލީލެއްގައި "ޓައިގްލުސިބް" ކިޔާ ބޭހަކުން ދެއްކި ނަތީޖާއަށް ފަހުގަ އެވެ. ދަތް އަމިއްލަ އަށް މަރާމާތުވުމުގެ މަސައްކަތް މި ބޭހުން ވަރުގަދަވެ ހަލުވިވާ ކަމަށް ތަހުލީލުން ދެއްކި އެވެ.
"ދަތަކީ އޭގެ ސްޓެމް ސެލްތައް ހަރަކާތްތެރި ކުރުވައިގެން އަމިއްލަ އަށް މަރާމާތުވުމުގެ ގާބިލްކަން ވަރަށް ކުޑަކޮށް ލިބިފައިވާ އެއްޗެއް،" ދިރާސާގައި އިސްކޮށް ހުންނެވި ޕޯލް ޝާޕް ވިދާޅުވި އެވެ.
އިންގްލެންޑުގެ ކިންގްސް ކޮލެޖް ލަންޑަންގެ ޑެންޓަލް އިންސްޓްޓިއުޓްގެ ކްރެނިއޯފޭޝަލް ބަޔޮލޮޖީގެ ޕްރޮފެސަރު ޝާޕް ވިދާޅުވީ ޓައިގްލުސިބް ދިނުމުން، ދަތުގައި ހުންނަ އަމިއްލައަށް މަރާމާތުވުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުގެ އަމިއްލަ މާއްދާތަކުން ދަތް މަރާމާތުވާ ނަމަ ދަތުގެ ގުދުރަތީ ބައްޓަމާއި ހާލަތު ޒަމާންތަކަކަށް ދެމެހެއްޓޭނެ އެވެ. ފުރަތަމަ ތަހުލީލުގައި ބޭނުންކުރި ވަރަށް ވުރެ ބޮޑެތި ދަތްތައް ބޭނުންކޮށްގެން އާ ދިރާސާކޮށް އޭގެ ފަހުން އިންސާނުން ބޭނުންކޮށްގެން ދިރާސާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މި ދިރާސާގައި ބުނާ ގޮތަށް ކަންތައް ވެދާނެ ކަމަށް ދަތުގެ ޑޮކްޓަރުންގެ ވަރަށް ގިނަ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވަ އެވެ.
ދަތު ރިހުމަށް ލުއި ހޯދަން ގޭގައި ކުރެވިދާނެ ކަންކަން
ހިރުގަނޑުގެ އިންފެކްޝަނާ ހަނދާންނެތޭ ބައްޔާ ގުޅުމެއް
ގިނަ ދަރިވަރުންނަށް ދިމާވަނީ އަނގައިގެ މައްސަލަތައް
ދަތް އުނގުޅަން ހިތިގަހު ގޮފިކޮޅެއް؛ ފައިދާ ބޮޑު
ދަތް އުނގުޅާއިރު ހެދޭ ގޯސްތަކެއް
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ހިމާޔަތް ލިބިދާނެ
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން