Roadha Mihaaru
ޝިއާއުގެ ޖަނާޒާ މިރޭ ފުވައްމުލަކުގައި

ޝިއާއުގެ ޖަނާޒާ މިރޭ ފުވައްމުލަކުގައި

14 އޯގަސްޓް 2022

ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ގެއަކުން ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާގެ ކަންކަން އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ގެއަކުން ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާގެ ކަންކަން އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓުގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއުގެ ޖަނާޒާ ފުވައްމުލަކުގައި ބާއްވަން ނިންމީ އެނގިފައިވާ ގޮތުގައި އޭނާގެ އާއިލާގެ އެދުމުގެ މަތިންނެވެ.

ކަށުނަމާދު އޮންނާނީ ފުވައްމުލަކުގެ މަސްޖިދުއް އިނާރާ (ބޯޅަ) މިސްކިތުގަައި މިރޭގެ އިޝާ ނަމާދަށް ފަހު އެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްްމޯޓަމް ހެދުމަށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އަށް ގެންދިއުމަށް ފަހު މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މިއަދު ހަވީރުގެ ފްލައިޓުން އޭނާގެ ހަށިގަނޑު ފުވައްމުލަކަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އަލީ ޝާހިލް، 23 އެ އެޕާޓްމަންޓުން އެ ރޭ ހައްޔަރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން އެ ޒުވާނާ ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޝިއާއުގެ މަރަށް ފަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ ހައްޔަރުކުރިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އޭނާ ފިޔަވައި އިތުރު މީހަކަށް ޝިއާއުގެ މަރުގެ ތުހުމަތު ނުކުރެވޭ ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ ޝާހިލް ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ މަރައިލައިފައި އޮއްވައި ފެނުނު އިރު އޮތީ ބޮލާއި އަތާއި ފައި ވެސް ބުރިކޮށްލައިފަ އެވެ.

އެ މަރާ ގުޅޭ ގޮތުން ފުލުހުން އަދި މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ޝިއާއުގެ މަރާލާފައި އޮއްވައި ފެނުނު ދުވަހުގެ ފަހު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ވެސް ދިނީ މަދު މައުލޫމާތުތަކެކެވެ.