Roadha Mihaaru
ދިއްފުށީފަޅުގެ މަސައްކަތް ހުއްޓުވުމުން ސުޕްރީމް ކޯޓަށް

ދިއްފުށީ ފަޅުގައި ރިސޯޓް ތަރައްގީކުރުން ހުއްޓުވި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް

04 މާޗް 2022

ކ. ދިއްފުށީ ފަޅުގައި ރިސޯޓް ތަރައްގީ ކުރުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ދިއްފުށީ ފަޅުގައި ރިސޯޓް ތަރައްގީ ކުރުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ދިއްފުށީ ފަޅުގައި ކުރާ މަސައްކަތް ހުއްޓާލަން ވަގުތީ އަމުރެއް ނެރުނީ 2015 ވަނަ އަހަރު ވިޔަފާރި ވެރިޔާ ހާމިދު އިސްމާއިލަށް އެތަން ކުއްޔަށް ދީފައި ވަނިކޮށް 2017 ވަނަ އަހަރު އެތަން އަތުލި މައްސަލާގައި އޭނާ ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުންނެވެ.

އެ މައްސަލަ ނިމެންދެން، އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރުމާ އަދި މަސައްކަތް ކުރުމުގެ ހުއްދަ ނުދޭން ސިވިލް ކޯޓުން އަމުރު ނެރުނީ 2020 ވަނަ އަހަރު އެވެ. އޭރު އެތަން އޮތީ އެހެން ކުންފުންޏަކަށް ކުއްޔަށް ދީފަ އެވެ.

ދައުލަތުން އެ އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެ އަމުރު ދެމެހެއްޓީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އެ ހުއްދަ ދީފަ އެވެ.