14 ފެބުރުއަރީ 2022
ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރަން މިދިޔަ މަހު އިއުލާނުކުރި ތިން ރަށާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރާނެ ކަމަށާއި އެކަމަކު އެ ތިން ރަށާ ގުޅޭ ގޮތުން ބަޔަކާ އެކު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރަން މިދިޔަ މަހު އިއުލާނުކުރި ތިން ރަށާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރާނެ ކަމަށާއި އެކަމަކު އެ ތިން ރަށާ ގުޅޭ ގޮތުން ބަޔަކާ އެކު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރާ އެކު އަމިއްލަ ކުންފުންޏަކުން ހެދި ސެޓުލްމަންޓް އެގްރީމަންޓެއްގެ ދަށުން، މި ތިން ރަށް ހިމެނޭ ގޮތުން ރަށްތަކެއް ދޭން އެއްބަސްވުމެއް އޮތް ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ވަގުތީ އަމުރު ނެރުނަސް މައުސޫމް "މިހާރު" އަށް ވިދާޅުވީ މިގޮތަށް ރަށްތައް ދިނުމާ ގުޅޭ ގޮތުން އަބަދުވެސް ދެފަރާތުގެ ހުށަހެޅުންތައް ހުންނަ ކަމަށާއި މި ރަށްތަކުގައި ވެސް ދިމާވެފައި ވަނީ އެހެން ކަމަށެވެ. ނަމަވެސް ރަށްތަކާ ގުޅޭ ގޮތުން "ކޮމިޓްމަންޓެއް ނެތް" ކަމަށެވެ.
މި ތިން ރަށާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް އެ ރަށްތަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އެގްރީމެންޓެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ތަބާވާނެ ކަމަށާއި، އަލަށް އިއުލާނު ކުރި ރަށްތަކުގެ ލިސްޓުން ށ. އަތޮޅުގެ އެ ތިން ރަށް މިހާރު އުނިކޮށްފައިވާ ކަމަށެވެ.
"ކޯޓު އަމުރާ އެއްގޮތަށް މި ތިން ރަށް މި ވަނީ ރިސޯޓު ހަދަންް އިއުލާނު ކުރި ރަށްތަކުގެ ތެރެއިން އުނިކޮށްފައި. މިކަމުގައި މި އަންނަނީ އޭޖީއާ އެކު މަޝްވަރާ ކުރަމުން. އަދި ކޯޓުން މައްސަލަ ނިމުމުން މި ތިން ރަށް އަނެއްކާވެސް އިއުލާނު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ކައިރިން ރިސޯޓު ހަދަން އިއުލާނު ކުރި ތިން ރަށް--
މި މަަހުގެ ފަސް ވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން އިއުލާނުކުރި ތިން ރަށަކީ ށ. މެދުރަށާއި ށ. ދިގުރަށް އަދި މައިރަށެވެ. އޭރު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ތިން ރަށުގައި ރިސޯޓު ހަދަން އެންމެ މަދުވެގެން 1.2 މިލިއަން ރުފިޔާ ޑޮލަރު ޖެހޭނެ އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ ކުންފުނިން ދައުވާކުރަނީ އެ ތިން ރަށަކީ، ސަރުކާރުން ކުރިން އެ ކުންފުންޏާ އެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން، އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށް ބުނެ އެވެ. މި ކަން ހިނގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުންނެވި ދުވަސްވަރު އެވެ.
މި ތިން ރަށުގެ އިތުރުން ށ. އަތޮޅުގެ ބޮލިއްސަފަރު ކިޔާ ރަށެއް ދޭން ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެގްރީމެންޓަކާ ހަމައަށް ދެވިފައެއް ނުވެ އެވެ. ސެޓުލްމެންޓް އެގްރީމެންޓެއްގެ ދަށުން ށ. އަތޮޅުން މިރަށްތައް ޕްރިމިއާ އިކުއިޓީއަށް ދޭނެ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވަނީ އެކުންފުންޏަށް ރިސޯޓު ތަރައްގީ ކުރަން 2008 ވަނަ އަހަރު ލ. ބޮޑުފިނޮޅު އަދި ލ. ގަސްފިނޮޅާއި ގަމުން ބިމެއް ދޭން އެއްބަސްވި ނަމަވެސް ގަމުން ދޭން ކަނޑައެޅި ބިން ނުދިނުމުންނެވެ.
ކޮމަންޑޫ ކައިރީގެ ތިން ރަށެއްގައި ރިސޯޓު ހަދަނީ!
ލައިޓް ހައުސްއެއްގެ ބައެއް ލައްގައިފި
ކޮމަންޑޫ ބަނދަރާއި މާބައިދޫ ނެރު ހަދަން ހަވާލުކޮށްފި
ކޮމަންޑު އަށް ވަރަށް ބޮޑަށް އުދަ އަރައިފި
އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"
ކޮމަންޑޫ ބިން ހިއްކައި ނިންމައިފި
ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި
ކޮމަންޑޫ ބިން ހިއްކުމަށް މަހާ ޖައްރާފް ތައްޔާރު
މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލްގެ ވޯޓުލުން ހޮނިހިރުގައި