10 ފެބުރުއަރީ 2022
މީހުންނަށް އޮޅުވާލައިގެން ގެސްޓް ހައުސްތަކަށް ގެންގޮސް ކިޑްނެޕްކޮށް، ބަރަހަނާ ކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ކަމަށް ފުލުހުން ތުހުމަތުކުރާ ނެޓްވޯކްގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މީހުންނަށް އޮޅުވާލައިގެން ގެސްޓް ހައުސްތަކަށް ގެންގޮސް ކިޑްނެޕްކޮށް، ބަރަހަނާ ކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ކަމަށް ފުލުހުން ތުހުމަތުކުރާ ނެޓްވޯކްގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން 18 އާއި ގއ. ކަނޑުހުޅުދޫ، ފެހިގެ، އަހުމަދު ސަނީން 21، ގެ މައްޗަށް މިދިޔަ މަހުގެ 13 ގައި ވަނީ ދައުވާކޮށްފަ އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އެ މައްސަލަ ބެއްލި ފަނޑިޔާރު އިސްމާއިލް ޝަފީއު ވަނީ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދުގައި ބައިތިއްބުމަށް އަމުރު ކުރައްވައިފަ އެވެ.
ވިޝާންގެ މައްސަލައާ ގުޅޭގޮތުން ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ކަމަށް ޝަރީއަތަކަށް ފާހަގަކުރެވޭ ކަމަށެވެ.
އޭގެ ތެރޭގައި، އިތުރު ބަޔަކާ ބައިވެރިވެގެން ތަފާތު ދެ މީހަކަށް އޮޅުވާލައިގެން އެ މީހުން ވިލިމާލޭގައި ހުންނަ މެލެއިމާ ކިޔާ ގެސްޓް ހައުސްއަކަށް ގެންގޮސް، އެ ތަނުގައި އެ މީހުން ހިފަހައްޓައި، ވަޅިން ބިރުދައްކައި އަނިޔާކުރުން ހިމެނެ އެވެ. އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން އިންޒާރުދީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކުރުމަށް ފަހު، އެ މީހުންގެ އެކައުންޓުތަކާއި ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް ވެސް އަމުރުގައިވެ އެވެ.
ސުނީލްގެ މައްޗަށް ވެސް ކުރަނީ ހަމަ އެ ތުހުމަތުތަކެވެ.
އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ މުޖުތަމައަށް އޭގެ ސަބަބުން ނުރައްކާތެރިކަމާއި ބިރުވެރިކަން ލިބިގެންދާނެ އަމަލުތަކެއް ކަމަށް ބަޔާނުގައި ބުނެ އެވެ.
އަދި މުޖުތަމައުގައި އެ ދެ މީހުން އަދާކުރާ ދައުރާއި އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި މުޅި ހާދިސާ އަށް ބަލާއިރު ވެސް މައްސަލައިގައި ކުޑަކުއްޖެއް ބޭނުންކޮށްގެން، މުޖުތަމައުގައި ދިރިއުޅޭ އެތައް ބަޔަކަށް އަމާޒުކޮށް ފައިސާ ފޭރުމުގެ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު
ރަހީނުކުރި މައްސަލަ: އެކަކު 10 ދުވަހަށް ބަންދުކޮށްފި
ބިދޭސީއަކު ރަހީނުކުރުމުން ޝަރީއަތް ނިމެންދެން ބަންދަށް
ބްލެކްމެއިލްކޮށް 2000 ޑޮލަރު ފޭރުނު ބަޔަކު ހައްޔަރު
ރަހީނުކުރި ސިފައިންގެ މީހާ އެކި އޭޓީއެމްތަކަށް ގެންދިޔަ
ރަހީނުކޮށް މަރާލި މައްސަލާގައި ޝަރީއަތްނިމެންދެން ބަަންދު
ރަހީނުކުރި މައްސަލައިގެ މީހުންގެ ބަންދަށް 10 ދުވަސް
ފަޒީލްގެ ބަންދަށް 10 ދުވަސް
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފި