08 ފެބުރުއަރީ 2022
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރު ދެ ޕްރޮޖެކްޓެއް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރު ދެ ޕްރޮޖެކްޓެއް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހދ. ކުޅުދުއްފުށި އެއާޕޯޓާއި ނ. ކުޑަފަރީގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.37 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.
ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް 15.01 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ މަޝްރޫއުގެ ދަށުން 718 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ.
މި ދެ މަޝްރޫއުގެ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނީ ވެސް އެމްޓީސީސީންނެވެ.
އެކި ރަށްރަށުގެ ބަނދަރާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް މި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ
ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ
ކުޅުދުއްފުށީ އެއާޕޯޓަށް ހިއްކި ބިމުގެ ތޮށި ހަލާކުވެއްޖެ
ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމިއްޖެ
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް 12 ހެކްޓަރު ހިއްކައިފި
އެއާޕޯޓު އަޅަން މޫދުން ހަ ހެކްޓަރު ހިއްކައިފި
"އެއާޕޯޓު އަޅަނީ ގެއްލުން ކުޑަވާނެ ގޮތަކަށް ބަލާފައި"
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ބިން ހިއްކަން ފަށައިފި
ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި