14 ޑިސެމްބަރ 2021
ކުޑަކުދިންތަކަކާ ބެހުނު މައްސަލައެއްގައި އިއްޔެ 30 އަހަރުގެ ޖަލު ހުކުމެއް އައި މީހާ ތަހުގީގުގައި ހުރިހާ ވާހަކައެއް ވަރަށް ތަފުސީލްކޮށް ކިޔައިދިނެވެ. މި ހުރިހާ ވާހަކައެއް ކިޔައިދީފައި އޭނާ ބުނީ މިއީ "މީހާގެ ހުރި ނުބައިކަމުން" ކޮށްފައިވާ ކަންތައްތައް ކަމަށެވެ.
ކުޑަކުދިންތަކަކާ ބެހުނު މައްސަލައެއްގައި އިއްޔެ 30 އަހަރުގެ ޖަލު ހުކުމެއް އައި މީހާ ތަހުގީގުގައި ހުރިހާ ވާހަކައެއް ވަރަށް ތަފުސީލްކޮށް ކިޔައިދިނެވެ. މި ހުރިހާ ވާހަކައެއް ކިޔައިދީފައި އޭނާ ބުނީ މިއީ "މީހާގެ ހުރި ނުބައިކަމުން" ކޮށްފައިވާ ކަންތައްތައް ކަމަށެވެ.
ދައުލަތުން މިދިޔަ ޖޫން މަހު ފަސް ދައުވާއެއް އުފުލި 38 އަހަރުގެ މީހާގެ ޝިކާރައަކަށްވީ އޭނާގެ 11 އަހަރުގެ އަންހެން ދޮންދަރިފުޅާއި 16 އަހަރުގެ ދޮންދަރި އެވެ. އަތޫފަށް ކުރި ދެ ދައުވާގައި ބުނާ ގޮތުން އޭނާ ވަނީ 11 އަހަރުގެ ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި މިދިޔަ އަހަރާއި މި އަހަރުގެ އެކި ދުވަސްދުވަހު، ޖިންސީ ނިޔަތުގައި އަތްލައި އަދި އެއް ދުވަހަކު އެ ކުއްޖާ ބަރަހަނާކޮށް، ކުއްޖާއާ އެކު ޖިންސީ ގުޅުން ވެސް ހިންގައިފަ އެވެ.
މީނާ ވަނީ 16 އަހަރުގެ ކުއްޖާ ނިދާފައި އޮއްވައި ވެސް ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި އަތްލައިފަ އެވެ. މިގޮތަށް 10 ވަރަކަށް ފަހަރު އަމަލުކޮށްފައި ވާނެ ކަމަށާއި އެ މަންޒަރުތައް ފޮޓޯ ނަގައި ސޭވްކޮށްފައި ހުންނާނެ ކަމަށް މީނާ އެއްބަސްވި އެވެ. އޭނާ ބުނީ 16 އަހަރުގެ ކުއްޖާއާ މެދު އެފަދަ ކަންތައް 2018 ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ ކަމަށެވެ.
މި މީހާގެ މައްޗަށް އުފުލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ދައުވާއަކާއި ގުރޫމްކުރުމުގެ ދައުވާއެކެވެ. މިއީ ސާބިތުވެއްޖެ ނަމަ 76 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާތަކެއް ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމަކުން، އޮރިޔާން ކާޑު އުފެއްދުމާއި ސިއްރުން އަޑުއަހައި ފާރަލުމާއި ގްރޫމް ކުރުމުގެ ދައުވާ އަނބުރާ ގެންގޮސް 30 އަހަރުގެ ހުކުމެއް އިއްވީ އެވެ.
މި މީހާގެ ޝިކާރައަކަށް ވެފައި ވަނީ އޭނާ މީގެ ތިން އަހަރު ކުރިން ކައިވެނިކުރި މީހާ އެހެން މީހަކާ އިނދެގެން ލިބިފައިވާ ދެ އަންހެން ކުދިންނެވެ. މި މީހާ އަށް "ޑޭޑް" ކިޔާ މި ކުދިންގެ އިތުރުން މީނާގެ ކައިވެންޏަށް ވެސް ދަރިއަކު ލިބިފައިވެ އެވެ. އަދި މި އެންމެން އުޅެމުން ދިޔައީ އަނިޔާ ލިބުނު ކުދިންގެ ބައްޕަގެ ނަމުގައި ކުއްޔަށް ހިފާފައި ހުރި ތަނެއްގަ އެވެ.
ތަހުގީގުގައި މީނާ ބުނެފައިވާ ގޮތުގައި އޭނާ އަކީ ކުރިން ގެސްޓް ހައުސްއެއްގައި ވަޒީފާ އަދާކުރި މީހެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނީ ކަމަށާއި ވަޒީފާގައި އުޅުނު އިރު ގޭގެ ކުލީގެ އެއްބައި ދައްކާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އާމްދަނީ ހުއްޓުމުން ގޭގެ ކުލި ދެއްކުމުގެ ހުރިހާ ކަމެއް ޒިންމާއެއް ނެގީ އަނބިމީހާ އެވެ.
ހުކުމް އައި މީހާ އާއި އޭނާގެ އަންހެނުންނާއި އެ ދެ މީހުންގެ ދަރިފުޅު އެއް ކޮޓަރިއެއްގައި އުޅެމުން ދިޔައިރު އަނެއް ކޮޓަރީގައި އުޅެނީ ކުޑަ ދެ އަންހެން ކުދިންނެވެ. މީނާގެ އަންހެނުންނަކީ ވެސް ވަޒީފާއަށް ދާ މީހަކަށް ވާތީ އެ ވަގުތުތަކުގައި، އަނިޔާ ލިބުނު ކުދިންނާއި ޖިންސީ އަމަލުތައް ހިންގި މީހާ އެކަނި ގޭގައި އުޅޭ ވަގުތު އާދެ އެވެ. އަދި ގެޔަށް އާއިލާގެ މީހުން އައިސް ތިބޭ ނަމަ ބައެއް ފަހަރު އެ ކުދިންގެ ކޮޓަރީގައި ވެސް ނިދާ ކަމަށާއި އެ ކުދިންގެ ކޮޓަރިއަށް ވަންނަނީ "މީހާގެ ނުބައިކަމުން" ކަމަށް ތަހުގީގުގައި އޭނާ އަމިއްލައަށް ބުންޏެވެ.
މި ނުބައި އަމަލުތައް ކުރި ކަމަށް އެއްބަސްވެ ކިޔައިދީފައިވާ ގޮތުގައި އޭނާގެ ދަރިފުޅަށް ފެންނަ ގޮތަށް މިފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ އެވެ.
މީނާގެ ބަޔާންތަކުގައި ބުނެފައި ވަނީ 11 އަހަރުގެ ކުއްޖާ ގެންގުޅޭ ޓެބްލެޓުން، ކުއްޖާގެ މަންމަ ބުނެގެން އިންޓަނެޓް ކަނޑާލި ދުވަހަކު "ބޭނުންވާ ކަމެއް ކޮށްދިނުމުން" އެ ކުއްޖާ އަލުން އިންޓަނެޓް ދީފައި ވާނެ ކަމަށެވެ. މީނާ ވަނީ މި ކުއްޖާގެ ކުރިމަތީގައި އަމިއްލަ އަށް ބަރަހަނާ ވެސް ވެފަ އެވެ. އަދި އެ ކުއްޖާއާ ޖިންސީ ގުޅުން ވެސް ހިންގި އެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގައި މީހަކު ބޯޑެއް ހިފަހައްޓައިގެން. -- މިހާރު ފައިލް ފޮޓޯ
ކުދިން ނިދާ ކޮޓަރިއަށް އެ ކުދިން ނިދާފައި ތިއްބާ ރޭގަނޑު ވަންނަ ކަމަށާއި ކޮޓަރި ތަޅުލާފައި ހުއްޓާ ހުޅުވައިގެން ވެސް ވަންނަ ކަމަށް އޭނާ ބުންޏެވެ. އަދި މި ކޮޓަރީގައި ސިއްރު ކެމެރާއެއް ހަރުކޮށް ކުދިންގެ ބަރަހަނާ ފޮޓޯ ނަގައި ހާޑް ޑިސްކެއްގައި ސޭވްކޮށްފައި ހުންނާނެ ކަމަށާއި އަނބިމީހާގެ ފޮޓޯ ވެސް މިގޮތަށް ފޮޓޯ ނެގުމުގެ ތެރޭގައި އަރާފައިވާ ކަމަށް ބުންޏެވެ. މި ފޮޓޯތައް ކޮމްޕިއުޓަރުން ބަލަނިކޮށް 11 އަހަރުގެ ކުއްޖާ އަށް އެއްފަހަރަކު ވަނި ފަޅާއަރައިފަ އެވެ. އޭނާ ބުނީ ސިއްރު ކެމެރާއިން ފޮޓޯ ނެގުނީ ކިތައް ފަހަރު ކަމެއް ކިތަން ފޮޓޯކަމެއް ބުނަން ވެސް ނޭނގޭ ކަމަށެވެ.
ކުދިންނާ މެދު މިފަދަ ހުތުރު ކަންކަން ކުރަމުންދާކަން ކުދިންގެ މަންމަ އަށް އެނގުމުން ވަރަށް ރުޅިއައިސް އެއްޗެހި ކިޔަމުން ދިޔަ ކަމަށާއި އެހެންވެ އެ ކަންކަން ކުރެވުނު ކަމަށް އެ މީހާ ވަނީ އެއްބަސްވެ މާފަށް އެދިފަ އެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އަންހެނުން އޭނާއަށް މާފެއް ނުކުރި އެވެ.
ބަޔާނުގައި ވަނީ މި ހުރިހާ ކަމަކީ ވެސް އޭނާ ކޮށްފައިވާ ކަންތައް ކަމަށާއި "އަނބުރާ ނުގެންދެވޭނެ" ކަމަށާއި "ކުށަށް އިއުތިރާފްވާނެ" ކަމަށެވެ. އަދި މި ކުށްތަކުން އަރައިގަނެވެން ނެތް ކަމަށާއި ބޭނުންވަނީ މި ކުށްތަކަށް ގާނޫނުގައި އޮންނަ އަދަބު ތަންފީޒުކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.
ކުދިން ނިދާ ކޮޓަރި އަށް ވަންނަނީ އޭރު އެގޮތަށް ހިތަށް އެރުމުން ކަމަށާއި މިއީ "ހުންނަ ނުބައިކަމުން" ކޮށްފައިވާ ކަމެކޭ ވެސް ބުނެފައިވެ އެވެ. ކުރެވުނު ކަންކަމަށް "ކޮންމެ ގޮތެއް ވިޔަސް މާފަށް ނޭދެވޭނެ" ކަމަށް ބަޔާނުގައި ވެ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވާން ބޭނުންވެ، ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށް ވަނީ އެދިފަ އެވެ.
މީނާ އަށް ކުރި ފަސް ދައުވާއަށް ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު ކުށަށް އިއުތިރާފްވެ ދައުލަތާ އެއްބަސްވުމަކަށް އައުމުން ދައުލަތުން ނިންމީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އެކަނި ކުރިއަށް ގެންދާށެވެ. މިއިން ކޮންމެ ދައުވާއެއްގެ ވެސް އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އެހެންވެ 30 އަހަރުގެ ޖަލު ހުކުމް އައީ މި ދެ ދައުވާއިން ކޮންމެ ދައުވާއަކަށް އައި 15 އަހަރުގެ ހުކުމުންނެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބައްލަވައި ހުކުމް އިއްވެވެނީ ގާޒީ ދީބާނާޒް ފަހްމީ އެވެ.
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ