ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގިނަ ދުވަހު ހިދުމަތް ކުރި 31 މުވައްޒަފަކަށް ރޭ އެވޯޑް ދީފި އެވެ.
09 ޑިސެމްބަރ 2016
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގިނަ ދުވަހު ހިދުމަތް ކުރި 31 މުވައްޒަފަކަށް ރޭ އެވޯޑް ދީފި އެވެ.
ބީއެމްއެލްގައި ބޭއްވި ހަފްލާއެއްގައި އެވޯޑް ދީފައި ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު އެ ބޭންކަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި، 15 އަހަރާއި 20 އަހަރާއި 25 އަހަރު އަދި 30 އަހަރުގެ މުއްދަތަކަށް ބޭންކުގެ ވަޒީފާގައި އުޅެފައިވާ ފަރާތްތައް ހިމެނެ އެވެ.
ބީއެމްއެލް އަށް ގިނަ ދުވަހު ހިދުމަތް ކުރި ފަރާތްތަކަށް ދޭ އެވޯޑް ލިބުނު ބައެއް މުވައްޒަފުން ރޭ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ބީއެމްއެލް

އެ މުވައްޒަފުންނަށް އެވޯޑް ހަވާލު ކޮށްދެއްވުމަށް ފަހު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މުވައްޒަފުންގެ މަސައްކަތާއި ކުންފުންޏަށް އޮތް އިތުބާރު ބަލައިގަނެ، އެ ކަމުގެ އަގު ވަޒަންކުރުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ.
"ތިއީ މި ބޭންކުގެ އެންމެ ބޮޑު ރައުސުލްމާލު،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އަށް ގިނަ ދުވަހު ހިދުމަތް ކުރި ފަރާތްތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާގައި އެންޑްރޫ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް
ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދޭން ބީއެމްއެލް އިން ފެށީ މިދިޔަ އަހަރު އެވެ. އަދި މި އެވޯޑް ކޮންމެ އަހަރަކު ދޭން ވަނީ ނިންމައިފަ އެވެ.
ހުކުމާއެކު، މަލީހާ އަލުން ބީއެމްއެލްގެ ވަޒީފާ އަށް
ސުޕްރީމް ކޯޓުގެ ހުކުމަށް ޖަމީލްގެ ތައުރީފް
ބީއެމްއެލްގެ އިސް މުވައްޒަފަކު ވަކިކުރީ ގޯސްކޮށް: ކޯޓު
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ